މާލެ: 31°C
ރައީސް ސޯލިހު މިއަދު ފުވައްމުލަކަށް ކުރައްވަން އޮތް ކެމްޕޭން ދަތުރު ފަސްކުރައްވައިފި

ރައީސް ސޯލިހު މިއަދު ފުވައްމުލަކަށް ކުރައްވަން އޮތް ކެމްޕޭން ދަތުރު ފަސްކުރައްވައިފި

July 29, 2023
2 ފަހަރު ބަލާފައި
ރައީސް ސޯލިހު މިއަދު ފުވައްމުލަކަށް ކުރައްވަން އޮތް ކެމްޕޭން ދަތުރު ފަސްކުރައްވައިފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުން ވާދަކުރައްވާ، ކެމްޕެއިން ކުރެެެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކަށް މިއަދު ކުރައްވަން ހަަމަޖެހިފަ އޮތް ދަތުރު ފަސްކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅު ފަސްވެއްޖެ ކަމަށާއި ދެން ރައީސް ފުވައްމުލަކަށް ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.

"މާދަމާ ފުވައްމުލަކަށް ވަޑައިގެންފައި، އެނބުރި މާލެ ވަޑައިގަންނަވާނެ،" ރައީސް އޮފީހުގެ ތަރުޖަމާނު މީޑިއާ އަށް ވިދާޅުވެފައި ވެއެވެ.

ދަތުރު ފަސްކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ރައީސްގެ ދަތުރު ފަސްވެކުރައްވާފައިވާ އިރު، ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުގެ އިތުރުން، ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލެ ސަރަހައްދުގައި ވަނީ ފެށިފަ އެވެ

މި ރޯގާ ގެ ސަބަބުން ، މިނިވަން ދުވަހުގެ ހާއްސަ ހަރަކާތްތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ