މީގެ ތިން ދުވަސް ކުރިން ފަލަސްތީނުގެ އެމްބަސީގައި ކުރިއަށް ދިޔަ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މުހައްމަދު ހަލީލު ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވައި އެމަނިކުފާނަށް ފަތްކޮޅު އެރުއްވިއެވެ.

ރައީސް ސޯލިހު ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވައިފި
ރައީސް ސޯލިހު ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވައިފި
ލިޔުން:
ފަލަސްތީނުގެ ރައީސް މުހައްމަދު އައްބާސްއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.
އދ. އިން ބާއްވާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައި ބޭއްވެވި އެ ބައްދަލުވުމުގައި ފަލަސްތީނާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފަލަސްތީނުގެ ރައީސަށް ރައީސް ސޯލިހި ދެއްވި އެވެ، އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ތާއީދުކުރާ ސިޔާސަތު ރާއްްޖޭން އަބަދުވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
ރާއްޖޭން ފަލަސްތީނަށް ސަފީރަކު ކަނޑައަޅައި އޭގެ ފަތްކޮޅު ފަލަސްތީނުގެ ރައީސަކަށް މީގެ ތިން ދުވަސް ކުރިން އަރުވާފައިވެއެވެ. ނަމަވެސް 1984 ވަނަ އަހަރު އޭޕްރިލް 4 ގައި ރާއްޖެ އާއި ފަލަސްތީނާ ދެމެދު ވަނީ ސިޔާސީ ގުޅުން ގާއިމު ކޮށްފައެވެ.
[embed]https://twitter.com/ibusolih/status/1632295434709266437?s=20[/embed]
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
