
ރައީސް ސޯލިހަށް ޕްރައިމަރީ ކާމިޔާބުނުކުރެއްވިއްޖެ ނަމަ ވެރިކަމުގެ ބާރުތައް އެމަނިކުފާނާ ހަވާލުކުރަންޖެހޭނެ ކަމަށް ދޭހަވާގޮތަށް ނަޝީދު ވާހަކަ ދައްކަވައިފި
ރައީސް ސޯލިހަށް ޕްރައިމަރީ ކާމިޔާބުނުކުރެއްވިއްޖެ ނަމަ ވެރިކަމުގެ ބާރުތައް އެމަނިކުފާނާ ހަވާލުކުރަންޖެހޭނެ ކަމަށް ދޭހަވާގޮތަށް ނަޝީދު ވާހަކަ ދައްކަވައިފި
ލިޔުން:
މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހަށް ކާމިޔާބުނުކުރެއްވިއްޖެ ނަމަ ވެރިކަމުގެ ބާރުތައް އެމަނިކުފާނާ ހަވާލުކުރަންޖެހޭނެ ކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު ވާހަކަ ދައްކަވައިފިއެވެ.
މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބުކުރެވޭނެ ކަމަށެވެ.
"ޖަނަވަރީ 29ގައި މަޝްރަހް ބަދަލުވާނެ. ހަމަ އެކަށް ބަދަލުވާނެ. އޭރަށް ނޮވެމްބަރާ ހަމައަށް އަންނަންދެން މިހާރު ރައީސް ސޯލިހާއެކު ތިއްބަވާ ބޭފުޅުން ތިއްބަވާނެ. ޖަނަވަރީ އޮނަތިރީހުގައި އަޅުގަނޑު ހަވާލުވާނެ އެމްޑީޕީ ޓިކެޓާ. އެހެންވީމަ ނޮވެމްބަރާ ޖެހެންދެން ރައީސުލްޖުމްހޫރިއްޔާ އިންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގަ. އެހެން ނަމަވެސް ޓިކެޓް އޮންނާނީކީއެއް އެތާކުނޫން. އަޅުގަނޑު އޭރުވެސް ދެންނެވިން ކިތަންމެ ފަހަރަކު މިހާ އަވަހަށް މިކަން ކޮށްފިއްޔާ މިހެންނޭ މިކަންވާނީ. އަޅުގަނޑުވެސް ނުދެކެން ސިޔާސީ ބާރުވެރިކަން ނެތި ރައީސް ކަމުގައި އިންނެވުމަކީ ރަނގަޅުކަމެއް ނޫން. މި ޕަރައިމަރީ އަޅުގަނޑު ކާމިޔާބުކުރީމާ ހުރިހާ ސިޔާސީ ބާރުވެރިކަމެއް އެ ދިޔައީ." ރައީސް ނަޝީދު ވިދާޅުވިއެވެ،
ރައީސް ނަޝީދު އެ އިޝާރާތް ކުރެއްވީ ރައީސް ސޯލިހަށް ޓިކެޓް ނުލިބި އެމަނިކުފާނަށް ޓިކެޓް ލިބިއްޖެނަމަ އެމަނިފާނު ވިދާޅުވާ ގޮތަކަށް ވެެރިކަން ހިންގަން ޖެހޭނެ ކަމަށް ކަމަށެވެ. މީގެތެެރޭގައި ކެބިނެޓަށް ބަދަލުތައް ގެނައުމާއި ސިޔާސީ މަޤާމުތަކަށް ބަދަލުގެނައުން ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
