މާލެ: 31°C

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފި

February 17, 2023
2 ފަހަރު ބަލާފައި
ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފި
ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ގިނަ ބަޔަކާއެކު ކާނިވާ ސަރަހައްދުގައި މިހާރު ބާއްވަމުން ގެންދާ ޖަލްސާގައި ރައީސް ސޯލިހަށް ޓިކެޓް ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.  އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ރަސްމީކޮށް ހަވާލުކުރި މިޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ޕާޓީގެ އިސް ބޭފުޅުން ބައިވެރިއެއް ނުވެ އެވެ. މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް ލިބިވަޑައިގަތެވެ. އެއީ 24،572 ވޯޓެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ. އެއީ 39 ޕަސަންޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ