މާލެ: 31°C

ރައީސް ސޯލިހާ އެކު ކޯލިޝަން ނުހައްދަވާނެ ކަން ގާސިމް ރަސްމީކޮށް އަންގަވައިފި

ރައީސް ސޯލިހާ އެކު ކޯލިޝަން ނުހައްދަވާނެ ކަން ގާސިމް ރަސްމީކޮށް އަންގަވައިފި
June 9, 2023
3 ފަހަރު ބަލާފައި
ރައީސް ސޯލިހާ އެކު ކޯލިޝަން ނުހައްދަވާނެ ކަން ގާސިމް ރަސްމީކޮށް އަންގަވައިފި
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާ އެކު ކޯލިޝަން ނުހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ރަސްމީކޮށް އަންގަވައިފި އެވެ. ކޯލިޝަން ހެދުމުގެ ދައުވަތު ދީ ރައީސް ސޯލިހު ފޮނުއްވި ސިޓީގެ ޖަވާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ސޮއި ކުރައްވައި ރައީސަށް އިއްޔެ ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. އެ ދައުވަތު ރައީސް ސޯލިހް ދެއްވީ މިދިޔަ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ. ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ޕާޓިގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީން އެމަނިކުފާނު ހަމަޖައްސާފައިވާތީ އެކަން ތަންފީޒު ކުރައްވާނެ ކަމަށެވެ. "... މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އަޅުގަނޑު ކަމުގައި ކަނޑައަޅައި އެކަން ޕާޓީގެ ކައުންސިލުން ފާސްކޮށްފަ އެވެ. ވީމާ، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވީމެވެ،" މީޑިއާ ތަަކަށް ފެނިފައިވާ ގާސިމްގެ ސިޓީފުޅުގައި ވިދާޅުވި އެވެ. ގާސިމް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް އިންތިހާބުކުރުމަށް މަަސައްކަތް ކުރައްވާފައެވެ. ގާސިމްގެ ރިޔާސީ ޓިކެޓު އެރުވުން މިރޭ ރަސްމީކޮށް އޮންނާނެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ