މާލެ: 31°C

ރައީސް ސޯލިހުގެ ކެމްޕޭން ސްލޯގަން އާންމުކޮށްފި

ރައީސް ސޯލިހުގެ ކެމްޕޭން ސްލޯގަން އާންމުކޮށްފި
July 3, 2023
2 ފަހަރު ބަލާފައި
ރައީސް ސޯލިހުގެ ކެމްޕޭން ސްލޯގަން އާންމުކޮށްފި
މިއަހަރު އޮންނަ އިރާސީ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ސްލޯގަންގެ ގޮތުގައި "އުފާވެރި އަމާން ރާއްޖެ" ހަމަޖައްސައިފި އެވެ.
އެމްޑީޕީއިން އިއުލާނު ކުރި މި ސްލޯގަން އާއި އެކު، ހޭޝްޓެގް އެއްގެ ގޮތުގައި "އިބޫ 2023 " ސޯޝަލް މީޑިއާގައި ދަނީ ބޭނުން ކުރަމުން ނެވެ.
އިއްޔެ ގުޅީފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ވެސް ރައީސް ވަނީ މި ސްލޯގަން ބޭނުން ކުރައްވާފައެެވެ.
"މިހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި  އުފާވެރި އަމާން ރާއްޖެ ދިވެހިންނަށް ހޯދައި ދިނުން،" ރައީސް އިއްޔެ ވިދާޅުވި އެވެެ.
އީދަށް ފަހު ރައީސް ސޯލިހުގެ ރިޔާސީ ކެމްޕއއިން ރަސްމީކޮށް ފަށާނެ ކަމަށް ކުރިން އެމްޑީޕީއިން ބުނެފައިވާ އިރު މިހާރު ވަނީ ބައެއް ކެމްޕެއިން ހަރަކާތްތައް ފަށާފައެވެެ. އެގޮތުން އައްޑޫ ސިޓީ ފޭދޫ ގައި ދޮރުން ދޮރަށް ހިންގުމަށް އެޕާޓީގެ ޕެޗް އެޖެންޓުންނާއި ޕެޗްތައް މިއަދު ވަނީ ހަވާކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ