މާލެ: 31°C
ރައީސް ރ އަދި ބ އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ރ އަދި ބ އަތޮޅަށް ފުރާވަޑައިގެންފި

March 2, 2024
2 ފަހަރު ބަލާފައި
ރައީސް ރ އަދި ބ އަތޮޅަށް ފުރާވަޑައިގެންފި
މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ރ.އަތޮޅުގެ 5 ރަށަކަށާއި ބ.އަތޮޅުގެ 4 ރަށަކަށް ވަޑައިގަންނަވާނެއެވެ. ފުރަތަމަ ވަޑައިގަންނަވަނީ ރ.އަލިފުއްޓަށެވެ. އެވެ. އަދި ރައީސް ވަޑައިގަންނަވާ ރަށްރަށުގެ އިތުރުން އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން އަތޮޅު ކައުންސިލްތަކާއިވެސް ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުން ހިމެނޭގޮތަށް ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިދަތުރުފުޅު ނިންމަވާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. ރައީސް އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިހާތަނަށް 9 އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާވަނީ ވަޑައިގަންނަވާފައެވެ. އެއީ ތ.އަތޮޅު، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ، ގދ، ހއ، ހދ، ށ އަދި ނ އަތޮޅެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ