މާލެ: 31°C
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށް، ފޮރިން މިނިސްޓްރީއަށް

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށް، ފޮރިން މިނިސްޓްރީއަށް

January 1, 2024
2 ފަހަރު ބަލާފައި
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށް، ފޮރިން މިނިސްޓްރީއަށް
ރައީސުލްޖުންހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ކަމަށް ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފިއެވެ. ޝަހީބު ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ އެ މަގާމަށް އައްޔަންކުރިތާ ދެ ހަފުތާ ފަހުން ވަކިކުރި ސަބަބެއް އަދި ރައީސް އޮފީހުން ހާމާކޮށްފައެއް ނުވެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ދައްކާ ގޮތުގައި ޝަހީބު އަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. މި ބަދަލު ގެނެސްފައިވަނީ މިއަދު ކަމަށް މަައުލޫމާތު ލިބެއެވެ. ޝަހީބު އެ މަޤާމުގައި ހުންނެވިއިރު ބައެއް ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދެވި ގޮތާމެދު ބައެއް ފަރާތްތަކުން ހާއްސަކޮށް ނޫސްވެރިންގެ ފަރާތުން ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަންކުރައްވާފައިވާއިރު، ޝަހީބު ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާފައެވެ. އަދި 2019 ވަނަ އަހަރު ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސްކަން އަދާކުރެއްވުމަށްފަހު އިސްތިއުފާދެއްވާފައިވަނީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ