
ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި
ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި
ލިޔުން:
ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވަކިކޮށްފި އެވެ.
ޝިފާޒް މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިނިވަން" އަށް ކަށަވަރުކޮށްދެއްވި އެވެ. އެހެން ނަަމެވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފައި މިވަނީ، އެނގިފައިވާ ގޮތުގައި އޭނާ އޮފީހަށް ވަޑައިނުގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު، އެ އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ޕާޓީގެ މެމްބަރުން ބެހިގެން ދިޔަ އިރު، ޝިފާޒް އެރުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަޅި އަށެވެ. އެހެން ނަަމަވެސް އޭނާ ރައީސް އޮފީހަށް ގަވައިދުން ވަޑައިނުގަންވަން ފެށީ އޭގެ ވެސް މާކުރިން ކަން ސަރުކާރުގެ އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށްދެއްވި އެވެ.
އޮފީހަށް ވަޑައި ނުގެންނެވުމުގެ އިތުރުން، ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ވެސް ޝިފާޒް ވަޑައިނުގަންނަވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
