މާލެ: 31°C

ރައީސް ނަޝީދު ވިދާޅުވަނީ އިޤްތިޞާދު ކުރިނާރާކަމަށް، ވޯލްޑް ބޭންކުން ބުނަނީ މި ސަރަހައްދުން އެންމެ ބާރަށް ކުރިއަރަނީ ރާއްޖޭގެ އިޤްތިޞާދު ކަމަށް!

January 16, 2023
2 ފަހަރު ބަލާފައި
ރައީސް ނަޝީދު ވިދާޅުވަނީ އިޤްތިޞާދު ކުރިނާރާކަމަށް، ވޯލްޑް ބޭންކުން ބުނަނީ މި ސަރަހައްދުން އެންމެ ބާރަށް ކުރިއަރަނީ ރާއްޖޭގެ އިޤްތިޞާދު ކަމަށް!
ރައީސް ނަޝީދު ވިދާޅުވަނީ އިޤްތިޞާދު ކުރިނާރާކަމަށް، ވޯލްޑް ބޭންކުން ބުނަނީ މި ސަރަހައްދުން އެންމެ ބާރަށް ކުރިއަރަނީ ރާއްޖޭގެ އިޤްތިޞާދު ކަމަށް!
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު މިސްރާބަކަށް ނުގޮސްގެން އުޅެނީ، އެ އިލްމު ބޭފުޅުންނަށް ސަރުކާރުގެ ތެރެއިން ޖާގަ ދެވިފައިނުވާތީ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިންގައި މުލަކަތޮޅު މުލަކަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގައި އިޤްތިޞާދީ އިލްމަށް ފަރިތަ ބޭފުޅުން ތިއްބެވި ނަމަވެސް ސަރުކާރުން އެ ބޭފުޅުންނަށް ޖާގަ ދީފައިނުވާ ކަމަށެވެ. އަދި އިޤްތިޞާދީ ހަރަކާތްތެރިކަން ގެންނާކަށް ވެސް ނޭނގުނުކަމަށާއި އެކަން ނުވެ މިއޮތީ އެމްޑީޕީ ސަރުކާރެއް ހިންގިގެން ނުދާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރާން މިއުޅޭ ކަންކަމުގެ އިލްމާއި އޭގެ ތަޖުރިބާއާއި އޭގެ ފަލްސަފާ އެމްޑީޕީގައި އެބައޮތް ކަމަށާއި ނަމަވެސް ރައީސް އޮފީހުގައި އެ ތިއްބަވަނީ އެމްޑީޕީއާ ވަރަށް ބީރައްޓެހި ބޭފުޅުން ކަމަށް ރައީސްނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދައްކާ ވާހަކައާވެސް އެ ބޭފުޅުން ވަރަށް ބީރައްޓެހި. އިޤްތިޞާދީ އިލްމާ ވެސް އެ ބޭފުޅުން ބީ ރައްޓެހި. ވިޔަފާރިއެއް ކުރިއަރުވަން އުޅުމާވެސް ބީރައްޓެހި. ގިނަ ބޭފުޅުންނަކީ ވަރަށް ރީތިކޮށް ބޮޑު އަކުރުން ލިޔުއްވާ ބޭފުޅުން. ވަރަށް ރަނގަޅު އެ އިލްމަށް. ނަމަވެސް ޤައުމެއް ހިންގާކަށް ބޮޑު އަކުރުން ލިޔުއްވާ ބޭފުޅެއް ނޫން އަޅުގަނޑުމެން ބޭނުން ވެގެން މި އުޅެނީއެއް. އަޅުގަނޑުމެން ބޭނުން ވެގެން މި އުޅެނީ އިޤްތިޞާދީ އިލްމުގެ ބޭފުޅުން، އަދި އިޖްތިމާއީ ކަންކަން ހިންގާ ބޭފުޅުން، ބޭނުންވަނީ ވިޔަފާރި ކުރި އަރުވައިދޭނެ ބޭފުޅުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ވޯލްޑްބޭންކުން ޝާއިއުކުރި "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް" ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގުތިސާދު ބާރަށް ދަނީ ކުރިއަށެވެ. މިގޮތުން މިއަހަރު 8.2 ޕަސެންޓު ކުރިއަރާނެއެވެ. އެއީ މި ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރާ އިގުތިސާދު ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހާއި، ރައީސް ނަޝީދު ގެންދަވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ