ރައީސް ނަޝީދަކީ ޖޭޕީގެ ގާތް އެކުވެރިއެއް، މަޝްވަރާތައް ދަނީ ކުރިއަށް: އިލްހާމް

ރައީސް ނަޝީދަކީ ޖޭޕީގެ ގާތް އެކުވެރިއެއް، މަޝްވަރާތައް ދަނީ ކުރިއަށް: އިލްހާމް
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ގުޅުން ނުކެނޑޭ ކަމަށާއި އެމަނިކުފާނަކީ ގާތް އެކުވެރިއެއް ކަމަށާއި މަޝްވަރާތަށް ކުރިއަށް ދާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީއާ ދެމެދު މައްސަލަތަކެއް ޖެހި ވާހަކަ ނުދެއްކާ ހިސާބަށް ނުދާ ކަމަށެވެ.
އިލްހާމް މިހެން ވިދާޅުވީ، މިދިޔަ ކުހުރު ދުވަހު އެ ޕާޓިގެ ލީޑަރު އަދި ގާސިމް އިބްރާހިމް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައިވާތީ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އިލްހާމް ވިދާޅުވީ، ގާސިމް އެހެން ވިދާޅުވީ ވަކި ކަމަކާ ގުޅިގެން ކަމަށެވެ. އަދި ރައީސް ނަޝީދާ އެކު ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަމަށް ވެސް ޖޭޕީ އޮތީ ތައްޔާރަށް ކަމަށެވެ.
"ވަކި ސަބްޖެކްޓެއްގައި ގާސިމް ވިދާޅުވި ވާހަކައެއް. ވަކި ކަމެއްގައި ވިދާޅުވި ވާހަކައެއް އެއީ. ރައީސް ނަޝީދާއި އަޅުގަނޑުމެންނާ ގުޅުން ކެނޑިގެން ނުދޭ. ރައީސް ނަޝީދާ ދައްކާ ޥާހަކަ އަދިވެސް ދާނީ ކުރިއަށް. އަދި އެހެން ސިޔާސީ ޕާޓީތަކާއެކު ވެސް ދައްކާ ވާހަކަ ހަމަ ކުރިއަށް ދަނީ. އެއްވެސް ކަހަލަ މައްސަަލައެއް އެއްވެސް ސިޔާސީ ޕާޓީއަކާ ދޭތެރޭގަ ނެތް. އަދި ރައީސް ނަޝީދާއި ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި ވެސް މި ޕާޓީ ތައްޔާރުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެގޮތަށް އަޅުގަނޑުމެންގެ ވިސްނުން ހުރީ. " އިލްހާމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަމަށް ޖޭޕީން ޔަގީންކޮށްދީފައިވާ އިރު މާދަމާ ރޭ އެމަނިކުފާނަށް ރަސްމީކޮށް ޓިކެޓް އަރުވާނެ އެވެ. ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެއްދި، ދަ ޑިމޮކްރެޓްސް އިން ވެސް ބުނެފައި އޮތީ އެޕާޓީއިން އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. އަދިވެސް ރައީސް ނަޝިދު ހުންނެވީ، އެމްޑީޕީގެ ރައީސްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
