ހައި ކޯޓުގައި އެ ނިންމުން ތަހުމީންގެ ފަރާތުން އިސްތިއުނާފުކުރުމުން ކުރި ހުކުމުގައިވާ ގޮތުން ބުނެފައިވަނީ، ތަހްމީން ބުނާ ވާހަކަތައް ގާނޫނީ އިންޒާރުގައި ހިމަނާފައި ނުވާތީ ކުށުގެ އަމަލު ހިންގި ތަނުގައި ނެތް ކަމުގެ ދިފާއު ނެގޭނެ ގޮތެއް ތަހުމީނަށް ނެތް ކަމަށެވެ. އެހެންކަަމުން ބޮމުގެ ހަމަލާ ދިން ތަނުގައި ތަހްމީން ނެތް ކަން ސާބިތުކުރަން ހުށަހެޅި ދެ ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ.
2021 ވަނަ އަހަރު މެއި 6 ގައި ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި މުޖާޒް އަހްމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމާއި އިސްހާގާއި ފަހުމީ އަލީގެ ޝަރީއަތްތަކެވެ.ރައީސް ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުކުރާ ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަތުމަށް ހައި ކޯޓުން އަމުރުކޮށްފި

ރައީސް ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުކުރާ ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަތުމަށް ހައި ކޯޓުން އަމުރުކޮށްފި
ލިޔުން:
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެ މައްސަލާގައި ދައުވާކޮށްފައިވާ ތަހުމީން އަހުމަދު ހުށަހެޅި ދިފާއީ ހެކިތަށް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
ބޮމުގެ ހަމަލާއާއި ގުޅިގެން ތަހުމީނުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ތެރޭގައި، ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ ހިމެނެއެވެ.
ތަހްމީން ވަނީ، ދިފާއީ ހެކީގެ ގޮތުގައި ހަ ހެއްކެއް ހުށަަހަޅާފައެވެ. އެ ހަހެކީގެ ތެރޭގައި އޭނާގެ ފަރާތުން މައިގަނޑު ދެ ކަމެއް ސާބިތުކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ. އެއީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ތަނުގައި އޭނާ ނެތްކަން ސާބިތުކޮށްދިނުމަށާއި ގޮއްވާލި އައިޑީ ހަރުކޮށްފައިވަނީ ތަހްމީންގެ ސައިކަލެއްގައި ނޫން ކަން ސާބިތުކޮށްދިނުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
