މާލެ: 31°C

ރައީސް ނަޝީދަށް ވިޔަފާރިވެރިޔާ އުއްޗު ހޫނު މަރުހަބާއެއް ދަންނަވައިފި

January 17, 2023
2 ފަހަރު ބަލާފައި
ރައީސް ނަޝީދަށް ވިޔަފާރިވެރިޔާ އުއްޗު ހޫނު މަރުހަބާއެއް ދަންނަވައިފި
ރައީސް ނަޝީދަށް ވިޔަފާރިވެރިޔާ އުއްޗު ހޫނު މަރުހަބާއެއް ދަންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ވިޔަފާރިވެރިޔާ އުއްޗު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕަރައިމަރީއަށް ކެމްޕެއިން ކުރެއްވުމަށް ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން  މިއަދު ވަނީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓަށް ޒިޔާރަތް ކޮށްފައެވެ. ރައީސް ނަޝީދު އެރިސޯޓަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އެ ރިސޯޓްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު)އެވެ. އަދި އެއަށްފަހު އެ ދެބޭފުޅުން ރަށުތެރޭގައި ހަރަކާތްތެރިވާ ފޮޓޯތަކާއި ކެއުމެއްގައި ތިއްބަވާ ފޮޓޯތަކެއް މިހާރު ވަނީ އާންމު ވެފައެވެ. މި ބައްދަލުވުމާ ބެހޭ  ގޮތުން އެއްވެސް ފަރާތަކުން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރައްވައެވެ.      

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ