މާލެ: 31°C
ރައީސް މުއިއްޒު، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ރައީސް މުއިއްޒު، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

May 2, 2024
2 ފަހަރު ބަލާފައި
ރައީސް މުއިއްޒު، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މި މެސެޖް ފޮނުއްވާފައިވަނީ ޔޫއޭއީގެ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ އަދި ޔޫއޭއީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އިއްޔެ އަވަހަރާވުމާއި ގުޅިގެންނެވެ. އެގޮތުން، އެމަނިކުފާނު ޔޫއޭއީގެ ރައީސަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ ޝައިހް ތަހްނޫން އަވަހާރަވުމާއި ގުޅިގެން ކުރިމަތިވި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސައުދީ ޝާހީ އާއިލާއަށާއި، އެގައުމުގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައެވެ. https://twitter.com/MMuizzu/status/1785914347245736349 ޝައިހް ތަހްނޫން 82، އަކީ ޔޫއޭއީގެ އިރުމަތީގައި އޮންނަ އަލްއައިން ސަރަހައްދުގައި ޔޫއޭއީގެ ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ. އަދި ޝައިހް ޒައިދުގެ ޒައާމަތުގައި ޝައިހް ތަހްނޫން ވަނީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ އިތުރުން، ޝައިހް ތަހްނޫން ކައިވެނި ބައްލަވައިގަތީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ކޮއްކޯފުޅަށް ކަމަށްވާއިރު، އަވަހާރަވިއިރު ފިރިހެން 10 ބޭފުޅަކު ދުނިޔޭގެ އެބަތިއްބެވިއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީ ސަރުކާރުން ވަނީ ކުރިއަށް އޮތް 7 ދުވަހަކީ ގައުމީ ހިތާމައިގެ 7 ދުވަހުގެ ގޮތުގައި ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ