މާލެ: 31°C
ރައީސް މުއިއްޒު މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރައްވައިފި

ރައީސް މުއިއްޒު މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރައްވައިފި

May 11, 2024
3 ފަހަރު ބަލާފައި
ރައީސް މުއިއްޒު މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރައްވައިފި
ސައުދި އަރަބިއްޔާގެ މަދީނާގައި ހުންނަ މުސްލިމުންގެ މުގައްދަސް މިސްކިތް، މަސްޖިދުއް ނަބަވީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ. ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރާވަޑައިގެންނެވީ އިއްޔެއެވެ.   މި ދަތުރުފުޅުގައި އެމަނިކުފާނާއެކު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުފުޅުގެ ތެރެއިން ރައީސް އާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ބޭފުޅުން މަދީނާއަށް ވަޑައިގެންނެވިއިރު، މިއަދު މަސްޖިދުއް ނަަބަވީއަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންގެ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ އެ ގައުމުގެ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށެވެ. މި ދަތުރުފުޅުގައި އެ،މަނިކުފާނު ވަނީ މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ