
ރައީސް މައުމޫނުގެ ޕާޓީ، އެމްއާރްއެމް އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި
ރައީސް މައުމޫނުގެ ޕާޓީ، އެމްއާރްއެމް އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި
ލިޔުން:
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި އެމްއާރުއެމް އުވާލަން އިލެކްޝަންސް އިން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން، މެންބަރުންގެ އަދަދު ކަށަވަރުކޮށްދޭން ޖެހޭ ނޯޓިސް ދިނުމުގައި އަމަލުކުރަންޖެހޭ ގޮތަށް އިލެކްޝަންސްއިން އަމަލުކޮށް ހުރިކަމަށާއި އޭގެ ގެއްލުން އެމްއާރުއެމުން އުފުލަން ނުޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕާޓީއަށް 3000 މެންބަރުން ހަމަކުރަން އަންގައި އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްއަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ އެ ޕާޓީގައި ތިބީ 2981 މެންބަރުން ކަމަށެވެ. އެ އަދަދަށް ބަލައިގެން މެންބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ކުރިއިރު ނޯޓިސްގެ މުއްދަތުގައި މެންބަރުން ޕާޓީން އުނިއިތުރު ކޮށްފައިވާކަންވެސް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ބައެއް ފޯމުތައް ޕްރޮސެސް ކުރުމުގައި ލަސްވުންތަކެއްވެސް ހުރިކަން ހުކުމުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންވެ އިލެކްޝަންސްއިން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއްކަން ފާހަގަކުރައްވައި ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީއާއި އެ ފަހުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ނިންމުންތައް ސިވިލް ކޯޓުން ވަނީ ބާތިލުކުރައްވާފައެވެ.
އެމްއާރުއެމް އުވާލަން ނިންމުމުގެ ސަބަބުން އެ ޕާޓީން ކޯޓަށް ދާން ޖެހި އެކަމަށް ހޭދަވި ހަރަދުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ އެ ޕާޓީއަށް ދިނުމަށްވެސް ސިވިލް ކޯޓުން ވަނީ އީސީގެ މައްޗަށް އަމުރުކޮށްފައެވެ. މި ފައިސާ ދައްކަން ޖެހެނީ ހަތް ދުވަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
