މާލެ: 31°C
ރައީސް މާވަށު ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ހުރި މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސް މާވަށު ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ހުރި މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

April 11, 2024
2 ފަހަރު ބަލާފައި
ރައީސް މާވަށު ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ހުރި މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މާވަށު ކަންސިލް އިދާރާގައެވެ. ރައީސް ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މާވަށަށް މިއަދު ވަޑައިގެންނެވުމަކީ މި ސަރުކާރުން މާވަށަށް ދެއްވާ އިސްކަން ހާމަވިކަމެއް ކަމުގައި މި ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.އަދި ދަތުރުފަތުރުގެ ދަތިކަމާއި ލ. އަތޮޅުގެ އެހެން ރަށްރަށާ ހުރި ދުރުމިން ފާހަގަކުރައްވާ މާވަށު ކައުންސިލުން ވަނީ ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ގާއިމުކުރާނަމަ މާވަށުގައި އެ އެއަރޕޯޓު ގާއިމުކޮށްދެއްވުމަށް ރައީސް ޑރ. މުއިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ. މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ޑރ.މުއިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ