ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ޔޫއޭއީއަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ރައީސް ގެ މި ދަތުރުފުޅަކީ ފެބްރުއަރީ 12، އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ގަވާމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ ސަމިޓްގައި ރައީސްގެ އިތުރުން ރާއްޖޭގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަން ވަނީ އެނގިފައެވެ. ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 15، ގަ އެވެ.
ރައީސް ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން ޔޫއޭއީއަށް ނުރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.







