މާލެ: 31°C

ރައީސް މާދަމާ އައްޑޫ އަށް ވަޑައިގަންނަވަނީ

ރައީސް މާދަމާ އައްޑޫ އަށް ވަޑައިގަންނަވަނީ
June 2, 2023
2 ފަހަރު ބަލާފައި
ރައީސް މާދަމާ އައްޑޫ އަށް ވަޑައިގަންނަވަނީ
އައްޑޫގެ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު މާދަމާ ހަވީރު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މާދަމާ އައްޑު އަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ ރަސްމީކޮށް އިފުތިތާހުކޮށް ދެއްވާނީ މި ހަފުތާގައި އަމަލީ މަސައްކަތް ފެށި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކަމުގައި ވެއެެވެ. މާދަމާ ހަވީރު އެ މަޝްރޫއު އިފުތިތާހު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މަރަދޫގަ އެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އަކީ ރައީސް މިދިޔަ އަހަރުގެ މާޗް އައްޑު އަށް ކުރެއްވި ދަތުރުގައި މާޗް 27، 2022 ގައި ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑްއާ ހަވާލުކުރި ޕްރޮޖެކްޓެކެވެ. މާދަމާ ހަވީރު ބިން ހިންކުމުގެ މަޝްރޫއު އިފުތިތާހުކޮށް ދެއްވުމަށް ފަހު، މާދަމާ ރޭ ހިތަދޫ ސިޓީ ސްކެއާގައި ރައީސް އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.  އަދި ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ އެހެެނިހެން މަޝްރޫތައް ވެސް ރައީސް ފަައްޓަވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ރައީސްގެ މިދަތުރުފުޅަށް ތައްޔާރުވުމަށާއި އެމަނިކުފާނަށް މަރުހަބާ ދެނެނެވުމަށް، އެމްޑީޕީއިން ވަނީ ރައްޔިތުންނަށް ދައުވަތުދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ