މާލެ: 31°C

ރައީސްގެ ވާހަކަފުޅުން ރަސްގެތީމު އުފަލުން ފޮޅިއްޖެ، ގިނަ މަޝްރޫއުތަކެއް މިއަހަރު ނިންމާނެ

January 21, 2025
104 ފަހަރު ބަލާފައި
ރައީސްގެ ވާހަކަފުޅުން ރަސްގެތީމު އުފަލުން ފޮޅިއްޖެ، ގިނަ މަޝްރޫއުތަކެއް މިއަހަރު ނިންމާނެ
މިއަހަރަކީ ރަސްގެތީމުގެ ތަރައްޤީގައި ހަގީގީ ކުލަ ޖައްސާނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުމުން ރަސްގެތީމުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފިއެވެ. 

މިއަހަރަކީ ރަސްގެތީމުގެ ތަރައްޤީގައި ހަގީގީ ކުލަ ޖައްސާނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުމުން ރަސްގެތީމުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފިއެވެ. 

އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރަސްގެތީމަކީ ތަރައްގީގެ ސަފުން ބާކީކޮށްފައި އޮންނަ ރަށެކެވެ. އެހެންނަމަވެސް ޑރ. މުޢިއްޒު އެރަށަށް ވަޑައިގެން، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ހައްލުކޮށްދެއްވައި، ތަަރައްގީގެ ގިނަ ކަންތައްތަކެއް ލަސްތަކެއް ނުވެ ނިންމަވައި ދެއްވާނެ ކަމަށް ވިދާޅުވުމުން ރައްޔިތުން ތިބީ "އުފަލުން ފޮޅިފަ"އެވެ. 

އެމަނިކުފާނުގެ ކެމްޕޭންގައި ރަސްގެތީމަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވާތީ އެކަންކަން ފުރިހަމަކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް މިއަހަރު ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ގިނަ މަޝްރޫޢުތައް ނިންމަވާނެކަމުގެ ޔަޤީންކަންވެސް ރައީސްދެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވީ ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މިއަހަރު ކުރިއަށް ދާނެ ކަމަށާއި، އެރަށު ސްކޫލަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލު އިތުރު ކުރުން ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑާއި އެނޫން ވެސް ވަސީލަތްތައް ޤާއިމްކޮށް ދެއްވާނެ ކަމަށާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތުގެ މައްސަލަތައް ޙައްލުކޮށް ރަސްގެތީމުގެ މައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރަސްގެތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ އެރަށްރަށުގެ ތަރައްޤީއަށް ހުރި ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށްކަމަށެވެ. މިދިޔަ އަހަރަކީ ރާއްޖެއަށް އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހާލަތުން އަރައިގަތުމަށް ކުރި މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ