އަޅުގަނޑުމެންގެ ވެރިކަން ފެށިގެން އައިދުވަހުވެސް އެ ބުނާ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި. ސުޕަ މެޖޯރިޓީ. ހަތަރުމަސް ވެގެންދިޔައީ ހަމަ އެއްކަމެއްވެސް ނުކުރައްވައެއްނޫންތޯ. އެބޭފުޅުން އެހާ އިހުލާސްތެރި ބައެއްނަމަ ކޮންމެހެން އިންތިހާބަކުން މެޖޯރިޓީ ހަވާލުކުރީމަތޯ އެ ވިދާޅުވާ މިހާރުނުކޮށް އޮތް ކަންތައް ކުރެވެން އަންނަނީރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމްޑީޕީން ދައްކަނީ އެއްވެސްކަހަލަ އަސާސެއް އޮތް ވާހަކައެއް ނޫންކަމަށާއި، މެޖޯރިޓީ އޮވެގެން ކަމެއް ކުރެވޭނަމަ އެމްޑީޕީން އެބުނާ ފްލެޓްތަކާއި ގޯތިތައް ހަވާލުކުރެވުނީސް ކަމަށެވެ. ރައީސް ވިދާޅުވީ މިކަމުގައި އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތްކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ފްލެޓާއި ގޯތިތައް ހަވާލުނުކުރެވި ތިބި މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ގޯއްޗާއި ފްލެޓްތައް ހަވާލުކޮށް ނިންމާނޭ ކަމަށެވެ. މިގޮތުން މިހާރުވެސް އެކަންތައް އޮތީ ކެމްޕެއިން ދުވަސްވަރު ވީ ވައުދާ އެއްގޮތަށްކަމަށްވެސް ރައީސް ޑރ.މުއިއްޒު މިރޭވެސް އެވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.

ރައީސްގެ ސުވާލެއް އެމްޑީޕީއަށް: ފްލެޓްތަކާއި ގޯތިތައް ހަވާލުކުރަން މަޖިލީހުގެ މެޖޯރިޓީއެއް ނުލިބޭތޯ؟
ރައީސްގެ ސުވާލެއް އެމްޑީޕީއަށް: ފްލެޓްތަކާއި ގޯތިތައް ހަވާލުކުރަން މަޖިލީހުގެ މެޖޯރިޓީއެއް ނުލިބޭތޯ؟
ލިޔުން:
ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތްއިރު، ފްލެޓްތަކާއި ގޯތިތައް ހަވާލުނުކުރެވުނީ ކީއްވެތޯ ވިދާޅުވެ، ރައީސް ޑރ.މުހައްމަދު މުއިއްޒު އިދިކޮޅު އެމްޑީޕީއަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ ތ ވިލުފުށި ދާއިރާގެ ކެނޑިޑޭޓް ހަސަން ވަހީދުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވަނީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެޕާޓީގެ ވެރިކަމުގައި ފްލެޓާއި ގޯތި ހަވާލުނުކުރެވި ތިބި އެންމެނަށް ފްލެޓާއި ގޯތި ދޭނޭކަމަށް އެމްޑީޕީެ ލީޑަރޝިޕުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާފައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ ހަވާލުނުކުރެވި ހުރި ފްލެޓާއި ގޯތިތައް ހަވާލުކުރުމަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް ރައްޔިތުންގެ ކައިރި އެދެމުންދާކަމަށެވެ. އެމްޑީޕީއަށް އެކަންތައް ނުކުރެވުނީ މަޖިލީހުގެ މެޖޯރިޓީ ނެތިގެންތޯ އެމްޑީޕީއަށް ސުވާލު އަމާޒުކުރައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
