ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލާ ގައި ޑިފެންސާއި ފުލުހުން މަޖިލީހަށް ޖަވާބުދީފި

ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލާ ގައި ޑިފެންސާއި ފުލުހުން މަޖިލީހަށް ޖަވާބުދީފި
ލިޔުން:
މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވި ބަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލާގައި ފުލުހުންގެ އިދާރާއިންނާއި ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީއަށް) ޖަވާބު ދީފި އެވެ.
މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި މޮޓޯކޭޑް ހުއްޓުވި ހާދިސާއާ ގުޅިގެން ކޮމިޓީން ސާފުކުރަން އެދުނު މައުލޫމާތު ހިމެނޭ ސިޓީއެއް ފޮނުވީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ޑިފެންސް މިނިސްޓްރީން އެހެން ނަމަވެސް އެކޮމިޓީއަށް މައުލޫމާތު ފޮނުވީ އޭނާ ވިދާޅުވި ގޮތުގައި އިއްޔެގެ ވަގުތެއްގަ އެވެ.
ފުލުހުންގެ އިދާރާއިންނާއި ޑިފެންސް މިނިސްޓްރީން ފޮނުވި މައުލޫމާތުތައް 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރިވައިސް ކުރި އިރު އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. އެއީ ޑިފެންސް މިނިސްޓްރީން އެ މައްސަލާގައި މަޖިލީހަށް ފޮނުވި ސިޓީގައި "ސިއްރު" ޖަހާފައި އޮތުމުންނެވެ. އެ ސިޓީގައި ސިއްރު ޖަހާފައި އޮތުމުން ކޮމިޓީ ބައްދަލުވުން ސިއްރުން ކުރިއަށް ގެންދަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
މޮޓޯކޭޑް ހުއްޓުވި މައްސަލާގައި 241 ކޮމިޓީއަށް ފުލުހުން ފޮނުވި މައުލޫމާތު ސިއްރުކުރަން އެދިފައި ނުވާ ކަމަށް އަސްލަމް މިއަދު ވިދާޅުވި އެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
