"ހަމަ އެ ރައްޔިތުންގެ އެމަނިކުފާނު އަޑުއެއްސެވުމަށް ފަހުގައި އެ މެނިފެސްޓޯގައި އެކަންކަން ތަރުތީބު ކުރެވިފައި ވަނީ. އެހެންކަމުން އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކުރިއަށް މިއޮތް މަޖިލީސް އިންތިހާބަކީ ސަރުކާރަށް ވަރަށްވެސް މުހިންމު އިންތިހާބަކަށް ވެގެން މިދަނީ." ނައިބް ރައީސް ވިދާޅުވިއެވެ.ރައީސް ޑރ. މުޢިއްޒުއަކީ ހިދުމަތްތަކާއިގެން ހެޔޮ ނިޔަތުގައި ވަޑައިގަތް ވެރިއެއް ކަމަށް ވިދާޅުވެ ނައިބްރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން ރައީސް ހާސިލްކޮށްދެއްވާނެކަމަށެވެ. އަންނަ މަހު 21 ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިބާހުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން 89 ކެނޑިޑޭޓުން ވާދަކުރެއެވެ.

ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު: ނައިބު ރައީސް
ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު: ނައިބު ރައީސް
ލިޔުން:
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރަށް ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި ޕީއެންސީން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ރައީސް ޑރ.މިއިއްޒުގެ މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑު އައްސަވައި ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެއްކަމަށް ވިދާޅުވެފައެވެ. އަދި އެ މެނިފެސްޓޯގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހިމެނޭ ކަމަށާއި އެސިޔާސަތުތައް ތަންފީޒްކޮށް ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް މަޖިލިސް އިންތިހާބުގެ އަގުލަބިއްޔަތު ސަރުކާރަށް މުހިންމުކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
