
ރައީސްގެ ޖަވާބަށް އާންމުންނަށް ސުވާލު ފޮނުވޭ ގޮތް ހަދަނީ
ރައީސްގެ ޖަވާބަށް އާންމުންނަށް ސުވާލު ފޮނުވޭ ގޮތް ހަދަނީ
ލިޔުން:
އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި އާންމުންނަށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ސުވާލު ކުރުމުގެ ފުރުސަތު އާއްމުކޮށް ލިބެނީ ރައީސް އޮފީހުގެ މުވައްޒަފުން މަގުމައްޗަށް ނިކުމެ ސުވާލުކުރާ ފަރާތްތަކަށާއި ރައީސް ވަޑައިގަންނަވާ ރަށްތަކުގެ މީހުންނަށް ކަމަށެވެ. ނަމަވެސް ރައީސްގެ ޖަވާބު ޕްރޮގްރާމްގެ ތެރެއިން ސުވާލުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަ ހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށްވެސް ހޯދައި ދިނުމުގެ ގޮތުން، އަދި ހަމައެއާއި އެކީގައި ވީހާވެސް ގިނަ ފަރާތްތަކައް ރައީސުލްޖުމުހޫރިއްޔާއާއި ސުވާލު ކުރުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މިމަސައްކަތް ކުރަނީ، ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށް ފޮނުވޭނެ ނިޒާމެއް ގާއިމްކުރުމަށް" ހީނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން މަސައްކަތް ކުރަމުންދާނީ ރައްޔިތުންނާއި ގާތުން ހިދުމަތްދީ، ރައްޔިތުންނަށް ކަންތައްތަކުގެ މައުލޫމާތު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.
އެގޮތުން، ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "އަހާ" ގެ ނަމުގައި ފޯރަމެއް ވެސް ވަނީ ސަރުކާރުން ފަށާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
