
ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޝާހިދު އޯ.އޭ.ސީ.ޕީ.އެސް ސަމިޓަށް
ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޝާހިދު އޯ.އޭ.ސީ.ޕީ.އެސް ސަމިޓަށް
ލިޔުން:
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް)ގެ އެމްމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްﷲ ޝާހިދު އެންގޯލާއަށް ފުރާވަޑައިގެންފި އެވެ.
އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ އެ ސަމިޓަކީ "ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯ.އޭ.ސީ.ޕީ.އެސް މިހާރަށްވުރެ ދެމެހެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.
ރާއްޖޭން މިހާރު ވަނީ އޯ.އޭ.ސީ.ޕީ.އެސް ގެ ފުރިހަމަ މެންބަރަކަށް ކުމަށްއެދި ހުށައަޅައިފައެވެ. . ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރު ނޮވެމްބަރު މަހުގެ ބޭއްވި އެޖަމިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ހުރިހާ މެއްބަރު ގައުމުތަކުން ވަނީ އޯ.އޭ.ސީ.ޕީ.އެސްގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް ތާއީދު ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް މިފަހަރުގެ ސަމިޓްގައި ރާއްޖޭން ބައިވެރިވަނީ އެޖަމިއްޔާގެ އޮބްޒާވަރެއްގެ ހައިސިއްޔަތުންނެވެ
އެންގޯލާއަށް ޝާހިދު ފެއްޓެވި ދަތުރުގައި އޭނާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައި ގަންނަވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
