މާލެ: 31°C
ރައީސްގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފި

ރައީސްގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފި

February 7, 2024
4 ފަހަރު ބަލާފައި
ރައީސްގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ރިޔާސީ ގަނޑުވަރު ކަމަށްވާ މުލިއާގެ އަށް ބަދަލުވެވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފައި މިވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ގާތްގަނޑަށް ތިންމަސް ފަހުން މިދިޔަ ހޯމަ ދުވަހުއެވެ. މުލިއާގެ މަރާމާތުކޮށް ތަނަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން، ރައީސްގެ ދެކަނބަލުން މިހާތަނަށް ދިރިއުޅުއްވަމުން އައީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި، މުލިއާގެ މަރާމާތު ކުރަން ޖެހުނީ  ގިނަ ދުވަސްވެފައި ހުރި ޒަމާންވީ އިމާރާތަކަށް ވުމުން ކޮންމެހެން ކުރަން ޖެހޭ މަރާމާތުތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް މުލިއާގެ އަކީ ތާރީހީ ބިނާއަކަށްވާތީ އެ ތަނުގެ އަސްލު ގެއްލޭ ވަރުގެ އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މުލިއާގެއަކީ މީގެ 104 އަަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަނެކެވެ. އެތަނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު އެއްކޮށް ދިރިއުޅުއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ