
ރައީސްގެ އަނބިކަނބަލުން، އެކްސެލް ސްކޫލުގެ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފި
ރައީސްގެ އަނބިކަނބަލުން، އެކްސެލް ސްކޫލުގެ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2023 ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފިއެވެ.
ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމް ގެ ހޯލުގައި މިއަދު ބޭއްވި ދަސްވެނިވުމުގެ މި ޖަލްސާގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވައި އެކަމަނާ ވަނީ އެސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 60 ދަރިވަރުންނަށް އެ ސެޝަންގައި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި އެކަމަނާ ވަނީ އެސްކޫލުން ގުރުއާނުގެ ފުރަތަމަ 4 ފޮތް، 3 ފޮތް، 2 ފޮތް އަދި 1 ފޮތް ހިތު ދަސްކުރި ޖުމްލަ 40 ދަރިވަރުންނަށް ވެސް ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިއަހަރު 183 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާސިލުކޮށްފައިވެއެވެ.
އެ ސްކޫލަކީ 18 މަހުން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. ނުވަ ސަތޭކަ ފަސްދޮޅަސް ހަތަރު ކުދިން މިވަގުތު ތައުލީމު ހާސިލުކުރަމުން އަންނަ އެކްސަލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަރނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
