މާލެ: 31°C
ރައީސްގެ އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒް އައްޔަނުކުރައްވައިފި

ރައީސްގެ އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒް އައްޔަނުކުރައްވައިފި

January 30, 2024
3 ފަހަރު ބަލާފައި
ރައީސްގެ އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒް އައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން އައްުޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން އައި އެކަން ހާމަނުކުރެެއްވި ނަމަވެސް، މުހުތާޒް އެ މަގާމަށް އައްޔަނުކުރެއްވިކަން މިނިވަން ނޫހަށް ވަނީ ޔަގީންވެފައެވެ.
ނިމިގެން ދިޔަ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވައި މުހުތާޒް ނަވީ ނާކާމިޔާބުވެވަޑައިގެންފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުހުތާޒް ވަނީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު އަދާކުރައްވާފައެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރެއްވިއެވެ.
މުހުތާޒު، ޕީޖީގެ މަގާމުން ދުރުކުރީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި ނޮވެމްބަރު 11، 2015 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ