މާލެ: 31°C
ރައީސް ފާދިއްޕޮޅަށް ފުރާވަޑައިގެންފި

ރައީސް ފާދިއްޕޮޅަށް ފުރާވަޑައިގެންފި

March 9, 2024
2 ފަހަރު ބަލާފައި
ރައީސް ފާދިއްޕޮޅަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ފާދިއްޕޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސްގެ މިދަތުރުފުޅުގައި ފާދިއްޕޮޅުގެ 3 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 1 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެއަތޮޅު ކުރެންދޫއަށެވެ. ޢެއަށްފަހު ހިންނަވަރަށާއި ނައިފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ރައީސް އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްރަށުގެ އިތުރުން، ވަޑައިނުގެންނެވޭ ރަށްރަށުގެ ކައުންސިލްތަކާއިވެސް ބައްދަލުކުރައްވައެވެ. އެގޮތުން މިހާތަނަށް 15 އަތޮޅެއްގެ 60 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައިވާއިރު، ލޯކަލް ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިމެނޭގޮތަށް އެމަނިކުފާނު ވަނީ 140 އަށްވުރެ ގިނަ ކައުންސިލާއި ބައްދަލުކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ