
ރައީސް ދަރަނބޫދޫ ކައުންސިލަރުންނާއި ބައްދަލުކުރުއްވައިފި
ރައީސް ދަރަނބޫދޫ ކައުންސިލަރުންނާއި ބައްދަލުކުރުއްވައިފި
ލިޔުން:
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފ.ދަރަނބޫދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްގީއަށް ޓަކައި ރައްޔިތުން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި ވެ.
ދަރަނބޫދޫ ކައުންސިލްގެ މެމްބަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ރައީސް ބައްދަލުކުރެއްވީ ރައީސް އޮފީހުގައި އިއްޔެ އެވެ.
ދަރަނބޫދޫގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި އެެ ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު، އެ ބައްދަލުވުމުގައި ކައުންސިލަރުން ރައީސަށް ދެއްވި އެވެ. ދަރަނބޫދޫ ކައުންސިލުން ފާހަގަކުރެއްވި އެއް ކަމަކީ އެކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓްގެ ދަތިކަމެވެ އެރަށުގެ ސްކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ. ދަރަނބޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖެހިފައިވާ ކަމަށާއި އެރަށަށް އިޖުތިމާއީ މަރުކަޒެއްގެ މުހިންމުކަމަށް ވެސް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ.
ދަރަނބޫދޫ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރަން ށް ބޭނުންވާ ކަންކަން އެދިވަޑައިގަންނަވާ ކަމަށް ވެސް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ. ދަރަބޫދޫ ޑަބްލިއުޑީސީގެ މެމްބަރުން ވެސް ރައީސަށް ދެންނެވީ އެކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ޖާގައިގެ ދަތިކަމާއި މާލީދަތިކަން އެބަ އޮތް ކަމަށެވެ.
ދަރަނބޫދޫ ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދަރަނބޫދޫގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ކައުންސިލަރުންނަށް އެމަނިކުފާނު ދެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
