މާލެ: 31°C
ރައީސް އެދިވަޑައިގެންނެވީ ވައުދުތައް ފުއްދަން ފުރުސަތު ދިނުމަށް!

ރައީސް އެދިވަޑައިގެންނެވީ ވައުދުތައް ފުއްދަން ފުރުސަތު ދިނުމަށް!

February 21, 2024
4 ފަހަރު ބަލާފައި
ރައީސް އެދިވަޑައިގެންނެވީ ވައުދުތައް ފުއްދަން ފުރުސަތު ދިނުމަށް!
އެމަނިކުފާނަކީ ކުރެއްވި ވައުދުތައް ފުއްދަވަން ބޭނުންވެވަޑައިގަންނަވާކަމަށާއި، ރައްޔިތުން އެ ފުރުސަތު ދެެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ގދ. ތިނަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރޭ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯ ކާމިޔާބު ކުރަން ހުރިހާ ވައުދެއް ފުއްދަން ބޭނުންވާ ކަމަށެވެ.
"... އެހެންވީމަ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ކުރިއަށް އޮތް ދުވަސްތަކުގައި ލިބިއްޖެނަމަ، މި ތިންމަސް ތެރޭގައި މި ދަތި އުނދަގުލުގެ ތެރޭގައި މިދިޔަ ބާރުމިނަށްވުރެ މާ ބާރުމިނަށް މާ ފުރިހަމައަށް ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ. އެއީ ފަސް އަހަރު ތެރޭ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް މެނިފެސްޓޯ ކާމިޔާބު ކުރަންޏާ އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދަން ބޭނުން، އަޅުގަނޑު ވައުދުވީ ރައްޔިތުން އެދިލެއްވި ކަންކަމުގެ މައްޗަށް،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ވައުދުތައް ފުއްދާ މީހަކަށް ވާން ބޭނުން ކަމަށާއި، އެކަންކަން ކުރުމުގެ ފުރުސަތު ދެވެން އޮތީ ރައްޔިތުންނަށް ކަމަށެވެ.
"ރައްޔިތުންގެ އަތްމައްޗަށް ވޯޓު ދިނުމުގެ ބާރު ދޭތެރެ ދޭތެރެއިން މި އަންނަނީ، އެ ނޫން ނިޒާމެއް ނޫން ރާއްޖޭގައި މި އޮތީ، އެހެންވީމަ އަޅުގަނޑަށް މިކަންކަން ކުރުމުގައި އެހީތެރިކަމެއް ދެއްވެން އޮތީ ރައްޔިތުންނަށް،".
ތިނަދޫ ޓާޝަރީ ހޮސްޕިޓަލްގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަބަދު ހަމައެކަނި ދައްކާވާހަކައަކަށް ކަންކަން ވެގެން ނުވާނެ ކަމަށެވެ.
"މި ސިޓީއަށް ބޭނުންވާ ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއް، ރީޖަނަލް ހޮސްޕިޓަލެއްގެ ބަދަލުގައި އިރާދަކުރެއްވީތީ ވަރަށް އިސްކަން ދީގެން ގާއިމް ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،". ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގެދޮރުވެރިކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ ތިނަދޫއަށް އިތުރު ކުރެވޭ ބިމުގައި ހައުސިންގ މަޝްރޫއުތައް ހިންގާނެ ކަމަށެވެ. ތަރައްގީ މިފަދަ މަޝްރޫތައް ކުރިއަށް ގެންދިއުމަށް މި އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ދެކުނުގެ ހަތަރު އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަޑައިގަންނަވާނީ ގއ. އަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ