"މިއީ އަޅުގަނޑުމެން ދެފަޅީގެ ވެސް އޮންނާނެ ވިސްނުމަކީ. އެހެންކަމުން މިއީ އަކީ އެއްނުކުރެވޭނެ ދެބައެއް ނޫން. ތިޔަ ހުރިހާ ބޭފުޅުން ވެސް މިރެއިން ފެށިގެން މަސައްކަތްކުރައްވަން ވީ އަޅުގަނޑުމެން އަނެއްކާ ވެސް އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ އަޅުގަނޑުމެންގެ އިދިކޮޅު ޕާޓީއާ ވާދަކޮށް އިންތިހާބު ކާމިޔާބުކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކެމްޕޭނު ކުރި ރޫހުގައި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް މިރޭ ވެސް އެމަނިކުފާނާ ވާދަކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހަރަކާތް ކުޑަ ދުވަސްކޮޅަކަށް މެދުކެނޑިގެން ދިޔަކަމަށާއި އެއީ ޕާޓީގެ އެތެރޭގައި އޮންނަންވީ އެކުވެރިކަން ނެތުމުގެ ސަބަބުން ކަމަށެވެ. ސަރުކާރާ އެކީ ކުރިއަށް ދާންވީ ސްޕީޑުގައި ދިއުމަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އެހެން ނަމަވެސް އެކަން ހަނދާން ނައްތައިލުމަށް ފަހުގައި އަޅުގަނޑުމެން އަނެއްކާ ވެސް ކުރިއަށް ދާންވީ. އެމްޑީޕީއާ އެކީގައި ކުރިއަށް ދާންވީ. އަޅުގަނޑު މިހުރީ އެމްޑީޕީއާ އެކީގައި ތިޔަ ހުރިހާ ބޭފުޅުންނާ އެކީގައި ކުރިއަށް ގޮސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން،" ރައީސް ވިދާޅުވި އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ކުރި ވަރުގަދަ ކެމްޕޭނަށް ފަހު ކުޑަކޮށް އަރާމުކޮށްލާފައި ރިޔާސީ އިންތިހާބުގެ ކެމްޕޭނައިގެން ކުރިއަށްދާން ފެނިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުގެ 60 ޕަސެންޓަށް ވުރެ ބޮޑުބައި ހޯއްދަވައިގެންނެވެ.
ރައީސް އެދިވަޑައިގެންނެވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އަލުން ތެދުވަން!

ރައީސް އެދިވަޑައިގެންނެވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އަލުން ތެދުވަން!
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ވާދަވެރި އަދި ހަމަނުޖެހުން ބޮޑު އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވެސް އަލުން އެކަތިގަނޑެއްގެ ގޮތުގައި ޕާޓީއާ އެކު ކުރިއަށްދާން ރައީސް ސޯލިހު މިރޭ ތަކުރާރުކޮށް އެދިވަޑައިގެންފި އެވެ.
ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމަށް ފަހު އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި އުފާފާޅުކުރުމުގެ އެއްވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމެއްގައި، އެއް މަގުސަދެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށާއި ޕްރައިމަރީގައި ފެޅިއަކަށް ބެހިފައި އޮތަސް، އެ ދެފަރާތުގައި އޮންނާނީ އެއް ވިސްނުމެއް ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް ސުލްހަޔާއި ހަމަޖެހުން ގެނެސްދިނުމާއި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމެވެ. ދެފަރާތުގެ ވެސް ވިސްނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
