
ރައީސް ޑރ. މުއިއްޒު ވަނީ، މާޒީގައި ވެރީންނަށް ނިންމަވަން ނުކެރި ފަސްޖެހިފައިވާ ބޮޑު ނިންމެވުމެއް ނިންމަވާފައި: މެމްބަރު މަމްދޫހް
ރައީސް ޑރ. މުއިއްޒު ވަނީ، މާޒީގައި ވެރީންނަށް ނިންމަވަން ނުކެރި ފަސްޖެހިފައިވާ ބޮޑު ނިންމެވުމެއް ނިންމަވާފައި: މެމްބަރު މަމްދޫހް
ލިޔުން:
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މާޒީގައި ވެރީންނަށް ނިންމަވަން ނުކެރި ފަސްޖެހިފައިވާ ބޮޑު މުހިންމު ނިންމެވުމެއް ނިންމަވާފައި ކަމުގައި ށ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
މަމްދޫހް މިހެން ވިދާޅުވީ، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއް 500 ޑޮލަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރިކަން ސަރުކާރުން ހާމަ ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މަމްދޫހް ވިދާޅުވީ، 1972 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ޓޫރިޒަމް ރާއްޖޭގައި ފެށި ނަމަވެސް، މިސިނާއަތުގެ ފައިދާ ދިވެހި އިގްތިސާދުގެ ތެރެއަށް ހަގީގީ މާނައިގައި ފޯރާނެ މަގަށް އެދެވޭ މަސައްކަތްތައް އެކިއެކި ވެރިކަން ނިމިދިޔަ އިރުވެސް ކުރެވިފައިވާ މަންޒަރު އެކިއެކި ސަބަބުތަކާހެދި، ފެނިފައިނުވާ ކަމަށެވެ.
މަމްދޫހު ވިދާޅުވީ، ހަމަ އެކަނި ދައުލަތަށް، ދިވެހި އިގްތިސާދުގެ ތެރެއަށް ވަންނަ އެއްޗަކަށްވެފައި އޮތީ ތަފާތު ޓެކްސްތައް ކަމަށާއި، މުސާރައާއި އެހެނިހެން ކަންކަމަށް ވަންނަ ފައިސާ ކަމަށެވެ.
އެގޮތުން އެތައް މިލިއަން ފަތުރުވެރިންނާއި، އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ ރިސޯޓުތަކަށް އައުމަށް ހަރަދުކުރާއިރު، އެޑޮލަރަކީ އެއްވެސް ސިފައެއްގައި ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑަލަރެއް ނޫން ކަމަށާއި، އެޑޮލަރު ދަނީ އެހެން އެކި އެކި ގައުމުތަކުގެ އެކައުންޓްތަކަށް ކަމުގައި ވެސް މަމްދޫހު ވިދާޅުވިއެވެ.
"އެހެންނަމަވެސް، މާޒީގައި ވެރީންނަށް ނިންމަވަން ނުކެރި ފަސްޖެހިފައިވާ ބޮޑު މުހިންމު ނިންމެވުމެއް، އެއްވެސް ކަމަކާ ފަސްޖެހިވަޑައިނުގެން، ރައީސް ޑރ. މުއިއްޒު ދިވެހިރާއްޖޭގެ ހައްގުގައި، ދިވެހީންގެ ހައްގުގައި ނިންމެވެވިކަމުން، އެމަނިކުފާނު މިގައުމަށް ކުރައްވަވަމުން ގެންދަވާ އިހްލާސްތެރި ހިދުމަތް އޮޅުމެއް ނެތި ސާފުވޭ" މަމްދޫހް ވިދާޅުވިއެވެ.
މީގެ އިތުރުން މަމްދޫހް ވިދާޅުވީ، އެ ނިންމެވުމަކީ، މުޅި މިރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާ، ދިވެހި ރާއްޖޭގެ، ދިވެހީންގެ ފުދުންތެރިކަން އެތައް ގުނައެއް އިތުރުވެގެންދާނެ ނިންމެވުމެއް ކަމަށެވެ.
ޓޫރިޒަމަށް ލިބޭ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ޖެހޭ ގޮތަށް ބަދަލުކޮށް، ބޭރު ފައިސާ ބެހޭ އާ ގަވާއިދެއް ސަރުކާރު ވަނީ، ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
