މާލެ: 31°C
ރައީސް ޑރ.މުއިއްޒު ޗައިނާ ދަތުރުފުޅަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ: ރައީސް އޮފީސް

ރައީސް ޑރ.މުއިއްޒު ޗައިނާ ދަތުރުފުޅަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ: ރައީސް އޮފީސް

January 25, 2024
3 ފަހަރު ބަލާފައި
ރައީސް ޑރ.މުއިއްޒު ޗައިނާ ދަތުރުފުޅަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ. ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް އެގައުމަށް ރައީސް ޑރ.މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި 30 ބޭފުޅުންގެ ވަފުދެއް ބައިވެރިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މި ދަތުރުފުޅުގެ ހަރަދުތައް އާއްމުކޮށްފައެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ވަފުދުގެ ހުރުމާއި ކެއުމުގެ ހަރަދުތައް ހަމަޖައްސާފައިވަނީ ޗައިނާ ސަރުކާރުންނެވެ. ރާއްޖޭގެ ބައިތުލްމާލުން މި ދަތުރަށް މައިގަނޑު ގޮތެއްގައި ހަރަދުކޮށްފައިވަނީ އެއާލައިން ޓިކެޓަށާއި ޕޮކެޓް މަނީއަށެވެ. މި ދަތުރުގައި ދެކޮޅު ޓިކެޓަށް ޖުމްލަ ދެ މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާއިރު، 30 ބޭފުޅުންގެ ޕޮކެޓްމަނީއަށް ބޮލަކަށް 10،0165.5 ރުފިޔާގެ ރޭޓުން ޖުމްލަ 300،495 އަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުރުން ސިމް ކާޑު ގަތުމަށާއި، ވީޕީއެންގެ ޚަރަދުގެ ގޮތުގައި 14،341.69 ރުފިޔާ އާއި ބެއިޖިންގައި ތިބި ދިވެހިންނާއި ރައީސް ބައްދަލުވުމުގެ ހަރަދުގެ ގޮތުގައި 3،374 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،000 ރުފިޔާ ހަރަދުވިކަަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް ޑރ.މުއިއްޒު ޗައިނާއަށް މިމަހުގެ 8 ވަނަ ދުވަހު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންނެވީ 13 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ގިނަ އަދަދެއްގެ ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ބައެއް އެމްޑީންވެސް ބައިވެރިވެ ވަޑައިގަތެވެ. ޗައިނާއަށް ކުރެއްވި މި ދަތުރުފުޅުގައި ރެކޯޑް އަދަދަކަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، މި ދަތުރުފުޅުން އެކަނިވެސް ޗައިނާ ސަރުކާރުން ރާއްޖެއަށް 130 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ހިލޭ އެހީ ލިބިގެންދިޔަކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ