މާލެ: 31°C

ރައީސް ޑރ.މުއިއްޒު އާއި އަބްދުއްރަހީމް އާއި ދެމެދު އޮތީ ބައިނޭޅުމުގެ މައްސަލައެއް: ރައީސް ޔާމިން

January 31, 2025
233 ފަހަރު ބަލާފައި
ރައީސް ޑރ.މުއިއްޒު އާއި އަބްދުއްރަހީމް އާއި ދެމެދު އޮތީ ބައިނޭޅުމުގެ މައްސަލައެއް: ރައީސް ޔާމިން
ރައީސް ޑރ.މުޙައްމަދު މުއިއްޒު އާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދެމެދު އޮތީ ބައިނެޅުމުގެ މައްސަލައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޙައްމަދު މުއިއްޒު އާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދެމެދު އޮތީ ބައިނެޅުމުގެ މައްސަލައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ކޮންމެ ބްރާސްފަތި ދުވަހެއްގެ ރޭ ސިލްސިލާކޮށް ބާއްވަމުން އަންނަ ޕީއެންއެފް ޕްރޮންޓް އޮފީސް ބައްދަލުވުމުގައި ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު ޖެހިފައި އޮތީ ބައި ނޭޅުމުގެ މައްސަލައެއް ކަމަށާއި، އެ މައްސަލަ ޝަރީއަތަށް ނުދާނެ ކަމަށެވެ. ނަމަވެސް އަބްދުއްރަހީމާއި ފައިސަލް ގެ ދަށް ގޮހޮރުގައި ހުރިއެއްޗެއްސައް ދަންދެން ދަމާ ނެރޭނެ ކަމަށާއި އަދި މިހާރު އެ މަސައްކަތް މިހާރު ރައީސް ޑރ.މުއިއްޒު ވާނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.

މި ފަހަރު އަބްދުއްރަހީމާ ފައިސަލްގެ ދަށްގޮހޮރުގައި އޮތް އެއްޗަށް ދަންދެން މުއިއްޒު އަތުލާނެ. ދިރުވާލާފައި ގޮހޮރުގެ އެންމެ އަޑީގައި އޮތް އެއްޗަށް ދަންދެން ދަމައި ނަގާނެ. މިހާރު މުއިއްޒު ހުންނާނީ ޕޮލިހަށް މި މައްސަލަތައް ހުށަހަޅާފައި. މި އުޅެނީ ބައިނޭޅިގެން އުޅޭ މައްސަލަ ނޫންތޯ،" ރައީސް ޔާމީން ވިދާޅުވި އެވެެ.

އެހެންވީމަ މިފަހަރު ކޯޓަކުން ނޫން މި މައްސަލަ ހައްލުވާނީ. ފުލުހުންގެ ތެރެއިން ހައްލުވެފައި، މި ދެންނެވީ ކުޑަ ގޮހޮރުގައި ހުރި އެއްޗިއްސަށް ދަންދަން ގެންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެެ.

ރޭޖެ ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް ޑރ.މުއިއްޒު އާއި އަބްދުއްރަހީމާ ކުރިން އޮތް ގުޅުން ހީނަރުވީ ސަބަބަކީ ބައި ނޭޅުމުގެ މައްސަލަކަމަށް ވިދާޅުގެ ސަރުކާރުގެ އެކި ފަންތިތަކުން ހިންގާ ކޮރަޕްޝަންތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ