މާލެ: 31°C
ރައީސް ދިގު ދަތުރުފުޅެއްގައި މިއަދު އައްޑޫ އަށް ވަޑައިގަންނަވަނީ

ރައީސް ދިގު ދަތުރުފުޅެއްގައި މިއަދު އައްޑޫ އަށް ވަޑައިގަންނަވަނީ

February 18, 2024
3 ފަހަރު ބަލާފައި
ރައީސް ދިގު ދަތުރުފުޅެއްގައި މިއަދު އައްޑޫ އަށް ވަޑައިގަންނަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. އެނގިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ހަރަތުދުވަހު ދިގު ދަތުރުފުޅެކެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ތެރެއިން މިރޭ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް މިއަދު އައްޑުއަށް ވަޑައިގަންނަވާ އިރު، މިމަހު ވަނީ ތ.އަތޮޅަށް ވެސް ވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ