މާލެ: 31°C
ރައީސް ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ފަރެސްމާތޮޑާ އަށް ވަޑައިގެންފި

ރައީސް ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ފަރެސްމާތޮޑާ އަށް ވަޑައިގެންފި

February 20, 2024
3 ފަހަރު ބަލާފައި
ރައީސް ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ފަރެސްމާތޮޑާ އަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ދެކުނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގަންނަވައިފިއެވެ. ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ގދ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެގޮތުން ގދ.ފަރެސްމާތޮޑާ، ފިޔޯރީ، މަޑަވެލި، ތިނަދޫ އަދި ގައްދޫއަށް ވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކުނަށް ކުރައްވާ މިދަތުރުފުޅުގައި ޖުމްލަ 14 ރަށަށް ވަޑައިގަންނަވައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތިދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ