
ރައީސް ކެމްޕޭނަށް ށ. އަތޮޅަށް ފުރާވަޑައިގެންފި
ރައީސް ކެމްޕޭނަށް ށ. އަތޮޅަށް ފުރާވަޑައިގެންފި
ލިޔުން:
މިއަހަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން އަތޮޅު ތެރެއިން ފެށުމުގެ ގޮތުން މިއަދު ށ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނުގެ އަތޮޅުތެރޭގެ މި ކެމްޕޭންގައި ފުރަތަމަ ވަޑައިގެންނެވީ ކޮމަންޑޫ އަށެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެވަނަ ދައުރެއްގެ އަމާޒު ސާފުކޮށްދެއްވަން ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
އެއް ދުވަހުގެ މި ދަތުރުފުޅުގައި ކޮމަންޑޫގެ އިތުރުން މަރޮއްޓާއި ނޫމަރާ އަދި ފޯކައިދޫ އަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ކެމްޕޭން ފެށުމުގެ ރަސްމިީ ޖަލްސާ އޮންނާނީ މިރޭ ފޯކައިދޫގަ އެވެ.
އެގޮތުން އެ ޖަލްސާގެ ކުރިން ފޯކައިދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ބަނދަރު އަދި ފުޓްބޯޅަ ދަނޑު ރައީސް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.
ރައީސްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ނަކަ ކުންފުނީގެ މެނޭކިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ހިމެނިވަޑައިގަނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
