
ރައީސް ކެންޕޭނަށް މާލޭގައި ދޮރުންދޮރަށް ހިންގަވަން ފައްޓަވައިފި
ރައީސް ކެންޕޭނަށް މާލޭގައި ދޮރުންދޮރަށް ހިންގަވަން ފައްޓަވައިފި
ލިޔުން:
މިއަހަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި ދޮރުންދޮރަށް ހިންގަވަން ފައްޓަވައިފި އެވެ.
އެމަނިކުފާނު މިއަދު މާލޭގައި ދޮރުންދޮރަށް ހިންގަވަން ފެއްޓެވީ ގަލޮޅު ދެކުނު ދާއިރާގައެވެ. މި ހަރަކާތުގައި އެމަނިކުފާނާ އެކު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު، މީކާއިލް ނަސީމާއި މާލޭގެ ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ.
ދޮރުންދޮރަށް ހިންގުމުގެ މި ހަރަކާތުގައި އެ ދާއިރާގެ ގެތަކަށް ޒިޔާރަތް ކުރައްވައި، ރައީސް ވަނީ ރައްޔިތުންގެ ހާލު އޮޅުންފިލުއްވާފައެވެ.
[embed]https://twitter.com/MDPSecretariat/status/1679100404523749381?s=20[/embed]
"އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ރައީސްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވީ ށ. ފޯކައިދޫ އިންނެވެ. އަދި އެމަނިކްފާނުގެ ރިޔާސީ ކެމްޕެއިންގެ ހަރަކާތްތައް މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިއަށެވެ.
ރައީސްގެ ކެންޕޭނަށް ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރައީސް އާއިއެކު ކެމްޕޭން ދަތުރުތަކުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
[embed]https://twitter.com/MDPSecretariat/status/1679098687308566528?s=20[/embed]
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
