މާލެ: 31°C
ރައީސް ކެމްޕޭނަށް ކ. ގުރައިދޫ ދާއިރާއަށް ވަޑައިގެންފި

ރައީސް ކެމްޕޭނަށް ކ. ގުރައިދޫ ދާއިރާއަށް ވަޑައިގެންފި

July 13, 2023
2 ފަހަރު ބަލާފައި
ރައީސް ކެމްޕޭނަށް ކ. ގުރައިދޫ ދާއިރާއަށް ވަޑައިގެންފި
މިއަހަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ކ. ގުރައިދޫ ދާއިރާއަށް މިއަދު ވަޑައިގެންފި އެވެ. މި ދަތުރުފުޅުގައި ރައީސް ގުރައިދޫ ދާއިރާގެ 3 ރަށަކަށް ވަޑައިގަންނަވާނެއެވެ. މިހާރު އެމަނިކުފާނު ވަނީ ކ. ގުޅިއަށާއި ގުރައިދޫ އަށް ވަޑައިގެންފައެވެ. އަދި މިދަތުރުފުޅުގައި އެމަނިކްފާނު ކ. މާފުއްޓަށް ވެސް ވަޑައިގަންނަވާނެއެވެ. https://twitter.com/MDPSecretariat/status/1679416797320343552?s=20 ގުޅި އަދި ގުރައިދޫގެ ރައްޔިތުން ރައީސް ސޯލިހު ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި އެކަނިކްފާނު ވަނީ ރިޔާސީ އިންތިހާބުގެ ކ. ގުޅީގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވާފަ އެވެ. ހަމައެއާއެކު، މި ކެމްޕޭން ދަތުރުފުޅުގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ މާފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. https://twitter.com/MDPSecretariat/status/1679438016698552320?s=20 ރައީސް ސޯލިހްގެ އަތޮޅުތެރޭގެ ކެމްޕޭން ދަތުރުފުޅު ފެއްޓެވީ ށ. އަތޮޅުންނެވެ. އެ ދަތުރުފުޅުގައި އެކަނިކްފާނު ވަނީ ށ. ކޮމަންޑޫ، މަރޮއްށި، ނޫމަރާ އަދި ފޯކައިދޫ އަށް ވަޑައިގެންފައެވެ. އޭގެ އިތުރުން. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ކެމްޕޭން ފެށުމުގެ ރަސްމިީ ޖަލްސާ ވަނީމިމަހުގެ ނުވައެއްގައި ފޯކައިދޫގައި ބާއްވާފައެވެ. ރައީސް އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ