
ރައީސް ކެމްޕޭނަށް އިތުރު 2 އަތޮޅަކަށް މިއަދު ފުރާވަޑައިގަންނަވަނީ
ރައީސް ކެމްޕޭނަށް އިތުރު 2 އަތޮޅަކަށް މިއަދު ފުރާވަޑައިގަންނަވަނީ
ލިޔުން:
މިއަހަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް އިތުރު ދެ އަތޮޅަކަށް މިއަދު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މ. އަތޮޅާއި ވ. އަތޮޅަށެވެ. އެގޮތުން މ. އަތޮޅުގެ ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަތުމަށްފަހު، ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫ އަށް ރައީސް ވަޑައިގަންނަވާނެ އެވެ.
ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ މ. ކޮޅުފުއްޓަށެވެ.
https://twitter.com/ibu_2023/status/1680049724135464960?s=20
އަދި މި ކެމްޕޭން ދަތުރުފުޅުގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ މުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ސޯލިހްގެ އަތޮޅުތެރޭގެ ކެމްޕޭން ދަތުރުފުޅު ފެއްޓެވީ ށ. އަތޮޅުންނެވެ. އެ ދަތުރުފުޅުގައި އެކަނިކުފާނު ވަނީ ށ. ކޮމަންޑޫ، މަރޮއްށި، ނޫމަރާ އަދި ފޯކައިދޫ އަށް ވަޑައިގެންފައެވެ. އޭގެ ފަހުން ކ. ގުރައިދޫ ދާއިރާގެ ރަށްތަކުގައި ވެސް ކެމްޕޭން ކުރައްވާފައިވެ އެވެ. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ކެމްޕޭން ފެށުމުގެ ރަސްމިީ ޖަލްސާ ބޭއްވީ ށ. ފޯކައިދޫގައެވެ. އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ކ. މާފުށީގައި ވެސް ޖަލްސާއެއް ބާއްވާފައެވެ.
ރައީސް އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
