މާލެ: 31°C
ރައީސް ކެމްޕޭނަށް ހއ. އަތޮޅަށް ވަޑައިގެންފި

ރައީސް ކެމްޕޭނަށް ހއ. އަތޮޅަށް ވަޑައިގެންފި

July 19, 2023
2 ފަހަރު ބަލާފައި
ރައީސް ކެމްޕޭނަށް ހއ. އަތޮޅަށް ވަޑައިގެންފި
މިއަހަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ހއ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ. ރައީސް މިއަދު ފުރަތަމަ ވަޑައިގެންނެވީ ހއ. ހޯރަފުއްޓަށެވެ. މި ދަތުރުފުޅުގައި ރައީސް ހއ. އަތޮޅުގެ ފަސް ރަށަކަށް މިއަދު ވަޑައިގަންނަވާނެއެވެ. އެއީ ހޯރަފުށީގެ އިތުރުން ހއ. ތުރާކުނާއި ހއ. އުލިގަމާއި ހއ. މޮޅަދޫ އާއި ހއ. އިހަވަންދޫއަށެވެ. އަދި ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އާއި ހއ. ކެލާ އަދި ހއ. ވަށަފަރު އަދި ހއ. ދިއްދޫ އަށް ވަޑައިގަންނަވާނީ މާދަމާއެވެ. https://twitter.com/MDPSecretariat/status/1681516002910298112?s=20 ރައީސް ހޯރަފުށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށު ކުދި ބޮޑު މީހުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. ހަމައެއާއެކު، މި ކެމްޕޭން ދަތުރުފުޅުގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ އިހަވަނދޫފައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާރޭ ދިއްދޫގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި މި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މިއަދު އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:
  • ތުރާކުނު ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވުން.
  • އުލިގަމު ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް ދެއްވުން.
  • އުލިގަމު އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުއްވައި ދެއްވުން.
  • މޮޅަދޫ ބަނދަރު ހުޅުއްވައި ދެއްވުން.
  • މޮޅަދޫ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުއްވައި ދެއްވުން.
  • އިހަވަންދޫ ބަނދަރު ހުޅުއްވައި ދެއްވުން.
  • އިހަވަންދޫ ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވުން.
  • އިހަވަންދޫ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވުން.
  • އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް ހުޅުއްވައި ދެއްވުން.
  • އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައި ދެއްވުން.
ރައީސް މާދަމާ އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:
  • މާރަންދޫ ފެނަކަ އޮފީސް ހުޅުއްވައި ދެއްވުން.
  • ތަކަންދޫ ވޮލީބޯޅަ ކޯޓު ހުޅުއްވައި ދެއްވުން.
  • ވަށަފަރު ހެލްތު ސެންޓަރު އެކްސްޓެންޝަން ސެންޓަރު ހުޅުއްވައި ދެއްވުން.
  • ދިއްދޫ ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވުން.
ރައީސް ސޯލިހްގެ އަތޮޅުތެރޭގެ ކެމްޕޭން ދަތުރުފުޅު ފެއްޓެވީ ށ. އަތޮޅުންނެވެ. އެއަށްފަހު އެކަނިކުފާނުވަނީ ގުރައިދޫ ދާއިރާއާއި މ. އަތޮޅާއި ވ. އަތޮޅުގައި ކެމްޕޭން ކުރައްވާފައެވެ. ރައީސް އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ