މާލެ: 31°C
ރައީސް ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގެންފި

ރައީސް ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގެންފި

February 24, 2024
4 ފަހަރު ބަލާފައި
ރައީސް ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގެންފި
ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަށް ކުރައްވާ ދަތުރުފުޅެެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފުރާވަޑައިގަންނަވައިފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރަމުންގެންދާ ދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅުގައި ހއ. ގެ 7 ރަށާއި ހދ. ގެ 5 ރަށް، ށ. އަތޮޅުގެ 4 ރަށް އަދި ނ. އަތޮޅުގެ 4 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އެގޮތުން ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ހއ. ހޯރަފުށްޓަށެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރައްޔިތުންގެ ހުރި ޝަކުވާތައް އަޑުއެހުމާއި އެކަންކަމަށް ކައުންސިލްތަކާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް، އެންމެ ފަހުން ވަޑައިގެންނެވީ ދެކުނުގެ ހަތަރު އަތޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ