މާލެ: 31°C

ރައީސަށް ތާއިދު ކުރަނީ، ކޮވިޑުގައި އިގުތިސާތު ކޮޅަށް ޖެއްސެވުމުން: ސަން ސިޔާމް

ރައީސަށް ތާއިދު ކުރަނީ، ކޮވިޑުގައި އިގުތިސާތު ކޮޅަށް ޖެއްސެވުމުން: ސަން ސިޔާމް
July 10, 2023
2 ފަހަރު ބަލާފައި
ރައީސަށް ތާއިދު ކުރަނީ، ކޮވިޑުގައި އިގުތިސާތު ކޮޅަށް ޖެއްސެވުމުން: ސަން ސިޔާމް

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށް ނިންމެވީ، ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެއްސެވުމުގައި އަމަލުކުރެއްވި ގޮތް ފެނިވަޑައިގަތުމުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓުމުގެ ރަސްމިއްޔާތުގައި ށ. ފޯކާއިދޫގައި ވާހަކަ ދައްކަވަމުން ސިޔާމް ވަނީ ރައީސް ސޯލިހު، ކޯލިޝަން ދެމެހެއްޓެވުމަށާއި ކޮވިޑްގައި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެއްސެވުމަށް އަމަލުކުރެއްވި

ގޮތްތަށް ތައުރީފު ކުރައްވާފަ އެވެ.

ސިޔާމް ވިދާޅުވީ، މައްސަލައެއް ނެތި ކޯލިޝަނެއް ފަސް އަހަރު ވަންދެން ހިންގެވީ ރައީސް ސޯލިހު ކަމަށެވެ. "ކޯލިޝަނެއް އޮތުމާއި ނެތުން ވެސް ފެނިއްޖެ، ބޭނުންވަނީ ރައްޔިތުންނަށް ވައުދުވެފައި ވައުދު ފުއްދުން،" ސިޔާމް ވިދާޅުވި އެވެ. އޭގެ އިތުރުން ސިޔާމު ފާހަގަ ކުރެއްވީ، ކޮވިޑް-19 ކުރިމަތިވުމުން ވިޔަފާރިވެރިން ތިބީ ގޮތް ހުސްވެފައި ކަމަށާއި އެކަމުން އަރައިގަނެވުނީ ރައީސް ސޯލިހުގެ މަސައްކަތްޕުޅުން ކަމަށެވެ. "އޭރު އެންމެ މަތީ ގައި ތިބި ވިޔަފާރިވެރިން ބުނީ މި ހަލާކުވަނީ އޭ، ނެތި ދަނީއޭ... ރައީސް އަށް ގުޅާ މުވައްޒަފުންގެ މުސާރަ ދޭނީ ކިހިނެތްތޯ ދެންނެވުމުން، އެމަނިކުފާނު ވިދާޅުވީ އެ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް "  ސިޔާމް ވިދާޅުވި އެވެ. ކޮވިޑުގެ ހާލަތައް ފަހު ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެއްސުނީ ބޭރު ގައުމުތަކުން ލޯނުނަގައި ސަރުކާރުންދިން ލުއިތަކުގެ ސަބަބުން ކަމަށް ސިޔާމް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ