
ރައީސަށް "ދޯކާ ދީފައި" ޖޭޕީއަށް ސަރުކާރަކު ނުތިބެވޭނެ: މެމްބަރު ރާއީ
ރައީސަށް "ދޯކާ ދީފައި" ޖޭޕީއަށް ސަރުކާރަކު ނުތިބެވޭނެ: މެމްބަރު ރާއީ
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރަން ނިންމި ނިންމުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް "ދޯކާ ދިނުން" ކަމަށް ސިފަކުރައްވައި، އެ ޕާޓީގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ މިއަދު ގޮވައިލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއީ ވިދާޅުވީ ސަރުކާރުން ޖޭޕީއަށް ހާއްސަކޮށްފައިވާ ސްލޮޓްތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ނުދެއްވާ ނަމަ އެ ބޭފުޅުން ވަކިކުރަން ސަރުކާރު ތެރެއިން މަސައްކަތްކުރައްވާނެ ކަމަށެވެ. ޖޭޕީން "ރައީސަށް ދޯނާ ދިނީ" އޭނާ ވިދާޅުވި ގޮތުގައި ސަރުކާުރުގެ ބޮޑު ބައެއް އެޕާޓީއަށް ދެއްވާފައި ވަނިކޮށެވެ.
"މިއޮތްހާ ދުވަހު ސަރުކާރުން ބޮޑު ޕޯޝަނެއް ދީ، މިތާ ތިބި މެމްބަރުން އެއްޗެކޭ ނުބުނެ [ތިއްބައި] މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދީފައި އެގޮތަކަށް އެކަމެއް ނުކުރެވޭނެ [ޖޭޕީ މެމްބަރުންނަށް މަގާމުތަކުގައެއް ނުތިބެވޭނެ]. އަޅުގަނޑުމެން އެކަން ކުރިޔަކަ ނުދޭނަން،" ރާއީ ވިދާޅުވި އެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް ވަކިން ނުކުންނާތީ، އެޕާޓީގެ މެމްބަރުން، ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަން މިއަދުގެ ޖަލްސާގައި ފުރަތަމަ ގޮވައިލެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އޭނާއަށް ރައްދު ވެސް ދެއްވި އެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ޖޭޕީން 2018 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން މިއަހަރުގެ ނޮވެމްބަރު 18 ވަަނަ ދުވަހާ ހަމައަށް ދެމި އޮންނާނެ ކަމަށާއި ޖޭޕީގެ އެއްވެސް މެމްބަރަކު ސަރުކާރުގެ މަގާމަކުން އިސްތިއުފާ ނުދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
