މާލެ: 31°C

ރޭސްކާރާ ބައިސްކަލް ދުއްވި ދެ މީހުންނަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެނީ

March 3, 2025
270 ފަހަރު ބަލާފައި
ރޭސްކާރާ ބައިސްކަލް ދުއްވި ދެ މީހުންނަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެނީ
ގއ. ވިލިނގިލީގައި ބައިސްކަލަކާއި ރޭސިން ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބައިސްކަލާއި ކާރު ދުއްވަން ތިބި 2 މީހުންނަށްވެސް ހޮސްޕިޓަލް ގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ ހަވރު އިއްޔެ 5:30 އެކާށްހާއިރު ވިލިނގިލީ އަލިކަތީބު މަގު އިރުން ހުޅަނގަަށް ދުއްވާފައި ދިޔަ ކާރެއް، އޯކިޑުމަގުން އުތުރުން ދެކުނަށް ދިޔަ ބައިސްކަލަކާ ޖެހިގެން ކަމަށާއި އެ އެކްސިޑެންޓުގައި ކާރާއި ބައިސްކަލު ދުއްވި ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެެވެ.

އެހެންކަމުން އެ 2 މީހުންވެސް ގއ. ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު އޯވަޓޭކް ކުރަން އުޅުމުން ކަމަށާއި ކާރު ދުއްވަން އިނީ ލައިސްނަސް ނެތް މީހެއް ކަމަށްވެސްް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ