މާލެ: 31°C

ރާއްޖޭން ސިއްހީ ކަންކަމަށް ކުރާ ހޭދައަށް ޑަބްލިއުއެޗްއޯގެ ތައުރީފު

December 19, 2022
2 ފަހަރު ބަލާފައި
ރާއްޖޭން ސިއްހީ ކަންކަމަށް ކުރާ ހޭދައަށް ޑަބްލިއުއެޗްއޯގެ ތައުރީފު
ރާއްޖޭން ސިއްހީ ކަންކަމަށް ކުރާ ހޭދައަށް ޑަބްލިއުއެޗްއޯގެ ތައުރީފު
ސިއްހީ ދާއިރާ ކުރިއަރުވަން ސަރުކާރުން ބޮޑު ހޭދައެއް ކުރާކަން ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ތައުރީފުކޮށްފި އެވެ. ޑަބްލިޔު.އެޗް.އޯ އިން މިސަރަހައްދަށް ކަޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތުރަޕާލް ސިންގް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖޭން ވަރަށް ރަނގަޅަށް މެނޭޖުކޮށްފައިވާ ކަމަށާއި އަދި ރާއްޖޭއިން ކޯވިޑް-19 އަށް ފަހު ސިއްހީކަންކަމަށް ދޭ ސަމާލުކަން ބެލެންސް ކޮށް އިގްތިސާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފައިވާކަމަށެވެ. ރާއްޖޭގެ ޖީ.ޑީޕީގެ 12 އިންސައްތަ ހަރަދު ކުރަނީ ސިއްހީ ދާއިރާ ކުރިއަރުވަން ކަމަށާއި ރާއްޖެ ހިމެނެނީ ސިއްހީ ކަންތައްތައް ކުރިއަރުވަން ގިނައިން އިންވެސްޓްކުުރާ މަދު ގައުމުތަކުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި ތަޖުރިބާކާރުންގެ އެހީތެރިކަން އިތުރަށް ބޭނުންވާކަމަށާއި އަދި ޑަބްލިޔު.އެޗް.އޯ އިން ރާއްޖެއަށް ވެދޭ އެހީއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ