މާލެ: 31°C

ރާއްޖޭން އިންޑިއާއާ އެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

January 19, 2023
2 ފަހަރު ބަލާފައި
ރާއްޖޭން އިންޑިއާއާ އެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭން އިންޑިއާއާ އެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭން އިންޑިއާއާ އެކު ތަފާތު ދާއިރާތަކުން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެއްބަސްވުންތަކުގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަަރުޖ ރާއްޖެއަށް އިއްޔެ ފެއްޓެވި ދަތުރުގައި ނ. މަނަދުއަށް އިއްޔެ ވަޑައިގެންނެވުމުން، އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭން އިންޑިއާއާ އެކު އިއްޔެ ސޮއި ކުރި ފުރަތަމަ އެއްބަސްވުމަކީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގަން އިންޑިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެކެވެ. . އިއްޔެ ސޮއިކުރި އަނެއް އެއްބަސްވުަމަކީ އިތުރުން ގދ. ގައްދޫ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމެކެވެ.  އިއްޔެ ސޮއިކުރި ތިން ވަނަ އެއްބަސްވުމަކީ ގައުމީ ޔުނިވާސިޓީ އާއި އިންޑިއާގެ ކޮޗިންގެ، ޔުނިވާސިޓީ އޮފް ކޮޗިންއާ ދެމެދު ސޮއިކުރި، ފަންނީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން އިއްޔެގެ ރަސްމިއްޔާތުގައި އޮތް ކަމަކީ އިންޑިއާގެ ސަރުކާރުން ވަނީ ރާއްޖެއަށް ދެ ސީއެމްބިއުލަންސް ހަދިޔާކުރުމުގެ ލިއުން ހަވާލުކުރުމެވެ .އެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، މިއެއްބަސްވުންތަކުން ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑުފައިދާއެއް ކުރާނެ ކަމަށާއި އަދި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވާނެކަމަށެވެ. އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ