ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައި ނުސާފުވެ ދުރުފެންނަ މިންވަރަށް ނުސާފްވެއްޖެ އެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ހިސާބުތަކުގެ ވައި ނުސާފުވެފައި ވާކަމަށެވެ. ސާފު ދުވަސްތަކުގައި 10 ކިލޯމީޓަރަށް ދުރު ފެނުނު ނަމަވެސް ފާއިތުވި 24 ގަޑިއިރު ދުރު ފެންނަ މިންވަރު ވަނީ ފަސް ކިލޯ މީޓަރަށް ދަށްވެފައި ކަމަށް އެ އޮފީހުން ބުންޏެވެ.
[embed]https://twitter.com/MetMaldives/status/1746814402127598078[/embed] ވައި ނުސާފުވެ ދުރުފެންނަ މިންވަރު ދަށްވެފައި ވަނީ، މޫސުމީ ބަދަލުތަގުގެ ސަބަބުން ކަމަށް މެޓް އެފީހުން ބުންޏެވެ." ދުރުފެންނަ ނިސްބަތް ބަދަލުމުވުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިންމު ދައުރެެއްް އަދާކުރޭ" މެޓް އޮފީހުން ބުންޏެވެ.
ދުމާއި ހިރަފުހުގެ ސަބަބުން ޖައްވު ތެރެ ނުސާފްވުން މިއީ އާންމުކޮށް ކޮންމެ އަހަރަކުހެން ޑިސެމްބަރު އަދި މާޗް މަހާ ދެމެދުގެ ދުވަސްތަކުގައި ދިމާވާ ކަމެކެވެ.
ޖައްވު ނުސާފުކޮށްލާފައިވާ ހިރަފުހުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން އެކަށީގެންވާ ކަމަށާއި މި ދުވަސްވަރު ވާރޭފެން ނެގުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް އިތުރަށް ސަމާލުކަން ދިނުން މުހިންމުަކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައި ވެއެވެ.







