މާލެ: 31°C
ރާއްޖޭގެ ސިޔާސަތު ދަމަހައްޓަން އެމެރިކާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ދީފި

ރާއްޖޭގެ ސިޔާސަތު ދަމަހައްޓަން އެމެރިކާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ދީފި

January 21, 2024
3 ފަހަރު ބަލާފައި
ރާއްޖޭގެ ސިޔާސަތު ދަމަހައްޓަން އެމެރިކާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ދީފި
ރާއްޖޭގެ އަމަންއަމާންކަމާއި ސިޔާސަތު ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި އެމެރިކާގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ދެއްވައިިފި އެވެ. އޭނާ ވަނީ މިއަދު ރާއްޖެ ވަޑައިގެން، މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. އެ ޒިޔާރަތުގައި ދެ ގައުމު ދޭތެރޭ އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ކުރެއްވިއެވެ. ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި އެކުއިލީނޯ ވަނީ ދިވެހި ސިފައިންގެ ގާބިލިއްޔަތު އިތުރު ކުރަން އެމެރިކާއިން އެހީތެރިވެދޭނެ ކަމަށާއި އަދި އާ ދާއިރާތަކުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރައީސް ވަނީ އެމްއެންޑީއެފްގެ ސިފައިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދީ، ކެޕޭސިޓީ ބިލްޑްކުރުމަށް އިންޑޯ ޕެސިފިކް ކޮމާންޑުން ރާއްްޖެއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާ އަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖެ އާއި އެމެރިކާ އަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި އެ ގުޅުން އެ ގޮތުގައި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، އެކުއިލީނޯ ވަނީ ރައީސް މުއިއްޒު މަގާމާ ހަވާލުވެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ